Making sense of #MaldivesCrisis

ސިޔާސީ މަސްރަހުގަ މިވަނީ ކިހިނެއް؟

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު މިވަނީ އަނެއްކާވެސް ހަލަބޮލިވެ، ވާނުވާ ނޭގުމެއްގެ ތެރޭގައެވެ. އަނެއްކާވެސްއޭ މިފާހަގަކުރީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ގިނަގުނަ ހަލަބޮލި ދުވަސްވަރުތަކެއް ރާއްޖެ ދެކެފައިވާތީއެވެ. 2012 ވަނަ އަހަރުގެ ކުރީކޮޅު ހޫނުވެގެން ދިޔަ ހަލަބޮލިކަމާއި، އޭގެފަހުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވަށައިގެން ހިނގައިދިޔަ ހަލަބޮލި ދުވަސްތަކަކީ ފާހަގަކޮށްލެވޭ ތާރީހީ ދުވަސްވަރުތަކެކެވެ. ވާނުވާ ނޭގުމެއްގެ ތެރޭގައޭ މިފާގަކުރީ ހިތު ލަފަޔަށްވެސް ދެންވާނެގޮތެއް ސާބިތުކަމާއެކީ ބުނެލަން ނޭގޭތީއެވެ. 2012 ވަނަ އަހަރުގެ ހަލަބޮލިކަމުގެ ތެރެއިން ރާއްޖޭގެ ފުރަތަމަ ޑިމޮކްރަޓިކް އިންތިހާބުން އިންތިހާބުވި ރައީސް މުހަންމަދު ނަޝީދު (އަންނި) އިސްތިއުފާދިނީއެވެ. އެތައްބަޔަކު ކުޑަކޮށްވެސް ހީކޮށްގެންތިބި ކަމެއްނޫނެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަބުރު އެކީގައި ބާތިލުކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުން، އެވެސް އެތައްބަޔަކު ކުޑަކޮށްވެސް ހީކޮށްގެންތިބި ކަމެއްނޫނެވެ. މިކަންކަމުގެ ތެރެއިން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްލަންޖެހޭ އެއް ނުކުތާއަކީ، ދިވެހިރާޖޭގެ “ޑިމޮކްރަޓިކް-އީރާ” ގައި އާންމުމީހާގެ ނިންމުންތަކުގެ މައްޗަށް ތަފާތުއެކި ނުފޫޒުތައް އަތް ގަދަކޮށްފައިވާކަމެވެ.
Continue reading Making sense of #MaldivesCrisis